ޑައިރެކްޓް ކޮންޓެކްވެ ބައެއް ވަޒީރުން އައިސޮލޭޝަންގައި

ޑައިރެކްޓް ކޮންޓެކްވެ ބައެއް ވަޒީރުން އައިސޮލޭޝަންގައި ތިއްބެވިކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. ނަމަވެސް އެއީ ކޮން ވަޒިރުންނެއް ކަމެއް މިނިސްޓަރ ޢަލީ ވަހީދު ވިދާޅެއް ނުވެއެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޮވިޑް އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރައްވާ ހުރިހާ މީހުން ވެސް މަސައްކަތް ކުރަމުންދަނީ ރިސްކެއްގައި ކޮންމެ ހިނދެއްގައިވެސް އައިސޮލޭޝަނަށް ދާން ޖެހިދާނެ ކަމަށް ބައްލަވައިގެންކަމަށެވެ. އެހެންކަމުން ކުރީސަފުގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާވަރަށް ރައްކާތެރި ކަމުގެ ވަޞީލަތްތައް ހޯއްދަވައިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް ވެސް ރައްކާތެރިކަމުގެ ވަޞީލަތްތައް ހޯއްދަވަމުންދާ ކަމަށް ވިދާޅުވިއެވެ.

މިވަގުތު އެންއީ އޯސީގައި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވަމުންގެންދަވާ ވަޒީރުންގެ ތެރޭގައި މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާއާއި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުރުން ޕްލޭނިން މިނިސްޓަރ ހިމެނި ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިޙްސާން ފިހާރައިގެ ޑެލިވަރީގައި ޙަރަކާތްތެރި ވެވަޑައިގެންނަވަމުން ދަނިކޮށް އެތަނުގައި ޑެލިވަރީގެ މަސައްކަތުގައި އުޅޭ ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ޔޫތު މިނިސްޓަރ އަޙަމަދު މަޙްލޫފު ވެސް އަމިއްލަ ފުޅަށް ހޯމް އައުސޮލޭޝަނަށް ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.