ކޮވިޑާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ތަންތަނުގެ ޢަދަދު 300 އާ ގާތަށް

މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެންފަށައިފައިވާ ކޮވިޑް ރޯގާއާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ތަންތަނުގެ ޢަދަދު ވަނީ 300 އާ ގާތަށް އަރައިފައެވެ.

ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މޮނިޓަރިން ނުވަތަ ކަރަންޓީން ކޮށްފައިވާ ތަންތަނުގެ ޢަދަދަކީ 294 ކެވެ. އޭގޭތެރޭގައި މާލޭގެ މީހުން ދިރިއުޅޭ ގެތަކާއި ބިލްޑިންގް ތަކުގެ ތެރެއިން ކަރަންޓީން ކޮށްފައިވާ ތަންތަނުގެ ޢަދަދަކީ  241 އެވެ. ފިހާރަތަކާއި ގުދަން ތަކާއި ކްލިނިކްތަކުގެ ގޮތުގައި 31 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ. އަދި 22 ރަށެއްވެސް ވަނީ ކަރަންޓީން ކޮށްފައެވެ.

ރޭގެ ނިޔަލަށް ކަރަންޓީން ފެސިލީޓީ ތަކުގައި ތިބީ  1371 މީހުނެވެ. އައި ސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 140 މީހުންނެވެ.

ރެކޯޑް ޢަދަދަކަށް މީހުން ޕޮސިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 177 ށް އަރާފައެވެ. ރޭ ފަތިހު އެޗްޕީއޭއިން އިޢުލާންކޮށްފައިވަނީ 36 މީހުން ޕޮސިޓިވި ކަމަށެވެ. އޭތެރޭގައި ހިމެނެނެނީ ބަނގްލަދޭޝްގެ 29 މީހުންނާއި ހަ ދިވެއްސަކާއި އިންޑިއާ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.