އަމާޒު ބޯޓުން ދަތުރުކުރި ފާރާތްތަކުން އެޗްޕީއޭއާ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފި

އަމާޒު ބޯޓުން އެޕްރިލް މަހުގެ ފަނަރަވަނަ ދުވަހު ދަތުރުކުރި މީހުން އެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން އެދިވަޑައިގެންފިއެވެ.

މިހާރު ކުރިއަށްދާ ނޫސްކޮންފަރެންގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒޓިވް ވެފައިވާ ކަމަށެވެ. އެ ސޯޅަވަނަ ދުވަހުވެސް ބޯޓުގެ ދަތުރު ކުރިއަށް ދިޔަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ބޯޓުން ދަތުރުކުރި 51 މީހަކު ހޯދިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ކިބައިން ބަލިގެ އަލާމާތް ފެންނަ ކަމަށާއި އެކަމާއި ގުޅގެން ކުރަންޖެހޭ ކަންތައްތައް މިހާރު ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުފެންނަ މީހުން ތިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް އެކަން އެންގުމަށް އެދިވަޑައިގަތެވެ.

މާލެއިން ފުރިފަހުން ޖެހިގެން އައި ދުވަހު ވެސް ބޯޓުގެ ދަތުރުކޮށްފަިއވެއެވެ، ބޯޓު ދަތރުކުރި ގިނަ ރަށްތަކެެއް މިހާރުވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.