ކޮވިޑަށް ޓެސްޓްކުރުން އިތުރުކޮށްފި

ކޮވިޑަށް ޓެސްޓު ކުރުން އިތުރުކޮށްފައިވާ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެންއޮއޯސީ) އިން ހާމަކޮށްފިއެވެ. 

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ  ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީރު ވިދާޅުވީ މިއަދު އިތުރު 5000 ހާސް ޓެސްޓިން ކިޓް ލިބިފައިވާ ކަމަށެވެ. އަދި އެތަކެތި އައިޖީއެމްއެޗްގައި ބޭނުން ކުރަން ފަށައިފައިވާކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ޕޮރިންސިކް ލެބް ގައި ހުރި ޕީސީއާރު މެޝިނެއްވެސް އައިޖީއެމްއެޗްގައި ބޭނުން ކުރަން ފަށައިފައިވާކަމަށެވެ. ފުރަތަ ކޮޅު ދުވާލެއްގެ މައްޗަށް އިތުރު 50 ޓެސްޓް މި މެޝިން ބޭނުން ކޮށްގެން ހަދަންމުން ދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބޭނުން ކުރާވަރު އިތުރުވުމުން އެމެޝިނުން ޓެސްޓް ހެދޭ މިންވަރުވެސް އިތުރުކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. ފުލުހުންގެ  ފޮރިންސިކް ލެބުން އައިޖީއެމްއެޗަށް ގެންދެވި މެޝިނުން ޓެސްޓް ކުރަމުން ދާނީ ފުލުހުން ފޮރެންސިކް ލެބްގައި މަސައްކަތް ކުރައްވާ އެނެލިސްޓުންކަމަށް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.