މިއަދު އެކަނި 17 ކޭސް ފެނިފައިވާ އިރު ހާލަތު ރަނގަޅުވާނީ ޕީކަކަށް ގޮސްފައި

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފަށައި މާލެއިން މިއަދު 17 ކޭހެއް ފެނިފައިވާ އިރު ހާލަތު ރަނގަޅުވާނީ ކުންނަށް ގޮސްފައި ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. 

މިއަދު ޕޮޒިޓީވް ވި ކޭސްތަކުގެ ތަފްސީލު ދެއްވަމުން ކޯވިޑް-19އިގެ މައުލޫމާތު ދިނުމަށް އެންއީއޯސީ އިން މިހާރު ކުރިއަށް ދާ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވް ވި ކެސް 68 އަކީ ކުޑަވިލިނގިލިން މާލެއަށް ދަތުރުކުރި ބޭރު މީހެއް ކަމަށެވެ. އަދި ކޭސް 69 އަކީ ގައުމީ ދިފާއީ ބާރުގެ މީހެއް ކަމަށާއި އަދި ކޭސް 70 އަކީ އެމްއެޗްއޭ ގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. ކޭސް 71 އާއި ކޭސް 72 އަކީ އެމްއެޗްއޭ ކްލަސްޓަރ ގެ ދެ މީހުން ކަމަށެވެ. އެ މީހުންނަކީ ކޭސް 70ގެ އައިލާގެ މީހުން ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. ކޭސް 73އަކީ ކުޑަވިލިނގިލިން މާލެއަށް ދަތުރުކުރި މީހާއާ އެކު ދަތުރުކުރި މީހެއް ކަމަށެވެ. ކޭސް 74 އާއި ކޭސް 75އަކީ ކޭސް 36ގެ ކޮންޓެކްޓުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މީގެ އިތުރުން 77ވަނަ ކޭސް އާއި 78ވަނަ ކޭސް އަކީ ދެ ބިދޭސީން ކަމަށާއި އެމީހުންނަކީ އަންޑޮކިއުމެންޓެޑް ވާރކަރސް ކަމަށެވެ. ކޭސް 79 އަކީ ވެސް ބޭރު މީހެކެވެ. ކޭސް 77، 78 އަދި 79 އަކީ މިައދު ބަނގްލަދޭޝަށް ފުރަން ހަމަޖެހިފައި ތިބި މީހުންނެވެ.

80ވަނަ ކޭހަކީ ބޭންކް އޮފް ސިލޯނުގައި މަސައްކަތްކުރާ މީހެއް ކަމަށާއި 81ވަނަ ކޭސް އަކީ ކޭސް 80 އާ އެކު ސިލޯނު ބޭންކުގައި މަސައްކަތްކުރާ މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 82ވަނަ ކޭސް އަކީ ކޭސް 31 ގެ ދަރިފުޅެވެ. 83ވަނަ މީހާ ބައްޔަށް ޓެސްޓުކޮށް ޕޮޒިޓިވް ވީ ބަލިވެގެން ޑޮކްޓަރަށް ގޮސް އައިޖިއެމްއެޗަށް ދެއްކުމުންނެވެ.

ހަލުވި ކަމާއެކު މާލޭގައި ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯ ލެނބުމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން ހުއްދަ ލިބިގެން ޒަރޫރީ ތަކެތި ގަންނަން ބޭރަށް ދާއިރުވެސް ތިން ފޫޓު ދުރުމިން ބެހެއްޓުމަށް އެދިވަޑައިގަތެވެ. މީގެ އިތުރަށް މާސްކް އަޅަންޖެހޭ ކަން ވެސް ފާހަގަކުރެއްވިއެވެ. ޑެލިވަރީ ކުރާ އިރުވެސް ވީހާ ބޮޑަށް އެމީހުންނަ ވެސް ބައްދަލުވާނެ ގޮތް މަދުކުރުމަށާއި ބޭރުން ގެންނަ ތަކެއްޗާ މެދު އެޗްޕިއޭ އިން އަދި ޑޮކްޓަރުން އަންގަވާ ގޮތަށް އަމަލުކުރުމަށް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް އެއްވެސް ވަރަކަށް ނުފޮރުވައި ރަނގަޅު މައުލޫމާތު ދިނުމަށްވެސް އެދިވަޑައިގަތެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.