ކޮވިޑް-19 އާގުޅޭ ދެކޮމެޓީގެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކާ ގުޅިގެން ދެކޮމެޓީން ނިންމި ނިންމުންތަކުގެ ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރައްވައިފައެވެ.

މިއަދުގެ ޖަލްސާއަށްހުށަހެޅުމަށް އެޖެންޑާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ކޮވިޑާ ގުޅިގެން ތައްޔާރު ކުރި ރިޕޯޓާއި ޖުޑިޝަރީ ކޮމެޓީން ތައްޔާރު ކުރި ރިޕޯރޓެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގުމަށް ނިންމައި ފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމެޓީތަކަށް ތަފާތު މަސައްކަތްތަކެއް މަޖިލީހުގެ ރައީސް ވަނީ ޙަވާލުކޮށްފައެވެ. ލާމަރުކަޒީ ކޮމިޓީއާ ޙަވާލުވި މަސައްކަތް ކޮމިޓީން ދިރާސާ ކޮށް ވަނީ ރިޕޯޓެއް އެކުލަވާލައްވައިފައެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޖުޑިޝަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މައްސަލަ އެކޮމިޓީން ވެސް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެއް ވަނީ އެކުލަވާލައްވައިފައެވެ.

ކޮވިޑް ފެތުރުނަ ނުދިނުމަށް އަޅައިފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމައި ފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ނިންމީ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ، ޤަވާޢިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުން ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. ޤަވާއިދުތަކަށް ޢަމަލުކުރުމަސް މިހާރު ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ކޮމެޓީން ނިންމައިފައިވަނީ މިއަހަރުގެ ނިޔަލަށް އެމުއްދަތު އިތުރު ކުރުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.