ބާޒާރު ލިލީ އާއި މާފަންނު އިޙްސާން ފިހާރައަށް ވަކި މުއްދަތެއްގައި ދިޔަ މީހުން ރިޕޯޓް ކުރަން އަންގައިފި

ބާޒާރު ލިލީ އާއި މާފަންނު އިޙްސާން ފިހާރައަށް ވަކި މުއްދަތެއްގައި ދިޔަ މީހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރަން އަންގައިފިއެވެ.

މިރޭގެ ޕްރެސް ކޮންފަރެންސް ގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފިޤް ވިދާޅުވީ  މިމަހު 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހެދުނު 8ން ހަވީރު ހަޔަކަށް އަދި 15 ވަނަ ދުވަހު ހެނދުނު 8 ން ހަވީރު ހަތަރަކަށް ބާޒާރުލިލީއަށް ދިޔަ މީހުން އެޗްޕީއެއަށް ގުޅާ އެކަން ރިޕޯރޓް ކޮށްދިނުމަށް އެދޭކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިއަދު ޕޮސިޓިވް މީހުންގެ ތެރެއިން 55 ވަނަ ކޭހަކީ އެދުވަސް ތަކުގެ އެގަޑީގައި ބަޒާރު ލީލީގައި މަސައްކަތް ކުރި މީހެއްކަމަށް ވުމުން ގިނަ ޢަދަދެއްގެ މީހުންނާ ދިމާވެފައި ހުންނާނެތީއެވެ. ލީލީ ކުންފުނީގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނި ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

މިއަދު ޕޮސިޓިވް ކޭސްތަކުގެ ތެރެގައި ހިމެނޭ އިހްސާން ފިހާރައިގައި މަސައްކަތް ކުރާ ދެ ބިދެސީންނާ ގުޅުން ހުރި މީހުން ދެނެގަތުމަށްޓަކައި މި މަހުގެ  15، 16 އަދި 17 ވަނަ ދުވަހު މާފަން އިހުސާން ފިހާރައަށް ދިޔަ މީހުން ވެސް އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ޑރ ނަޒްލާ އެދި ވަޑައިގެންނެވިއެވެ. އިޙްސާން ފިހާރާއިގައި މަސައްކަތްކުރާ ދެ ބިދޭސީން ނަކީ ޑެލިވަރީ ޚިދުމަތުގައި ވެސް ޙަރަކާތް ތެރިވި ދެ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 67 މީހުން ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ. 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މާލޭގައި ބަލި ފެތުރެން ފެށުމަށްފަހު ޕޮސިޓިވް މީހުންގެ އަދަދަކީ 47 ކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.