ކޮވިޑް-19: ތިން ބިދޭސީއަކާއި ހަތަރު ދިވެހީން މާލެއިން ޕޮޒިޓވް ވެއްޖެ

މާލެއިން މިއަދު އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ނިމެނިކޮށް ލިބުނު އެމައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އަލަށް ޕޮޒިޓިވް ވެފައިވަނީ ތިން ދިއްސަކަށާއި 4 ބިދޭސީއަކަށް ކަމަށެވެ.

ބިދޭސީން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މި ހަތް މީހުން ޕޮޒިޓިވްވުމުން މިއަދު އެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 16 އަށް އެރީ އެވެ. މި ހަތް މީހުން ޕޮޒިޓިވްވި ކަން އެނގުމުގެ ކުރިން 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ 6 ދިވެހީންނާއި 2 ބިދޭސީއެކެވެ.

މިހާތަނަށް މާލެއިން ވަނީ 47 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 67 އަށް އަރައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.