އަސްދާނު ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

އަސްދާން ނަމަކަށް ކިޔާ މަސްދޯންޏަކުން އެންހިފަން ފީނި 27 އަހަރުގެ ޒުވާނާ މަރުވެފައި އޮއްވައި ކަނޑުއަޑިން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ މަރުވެފައި އޮއްވައި ފެނުނީ ކަނޑުގެ 50 މީޓަރުގެ އަޑިން ކަމަށެވެ. އޭނާ ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ގދ. ތިނަދުއަށް ގެންގޮސްފައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވިއެވެ.   އޭނާ ފެނިފައިވަނީ އެޕްރީލް 17 ވަނަ ދުވަހުގެރޭ 11:30 އެހައިކަންހާއިރު އެވެ.

 އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމީހާ ގެއްލިފައިވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން އެން ހިފަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާ ފޭބީ 4 މީހުންނާއެކުގައި ކަމަށް ޢާޒިމް ވިދާޅުވިއެވެ. އޭނާ ހޯދަން އެމްއެންޑީއެފްގެ އެހީއަށް އެދުނީ އޭނާ ހޯދުމަށް މަސައްކަތް ކުރުމަށްފަހު ނުފެނުގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.