އެން ހިފަން ފީނި މީހަކަށް ވީގޮތެއް ނޭނގިގެން ހޯދަން ފަށައި

އަސްދާން ނަމަކަށް ކިޔާ މަސްދޯންޏަކުން އެން ހިފައިން ފޭބި ދިވެއްސަކަށް ވީގޮތެއް ނޭނގިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމީހާ ގެއްލިފައިވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެމީހާ އެން ހިފަން ފޭބީ ފުޅި އަޅައިގެން ކަމަށެވެ.

އޭނާ ފޭބީ 4 މީހުންނާއެކުގައި ކަމަށް ޢާޒިމް ވިދާޅުވިއެވެ. އެއީ 30 މިނިޓުގެ ޑައިވެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  ހޯދަމުން ދަނީ ޢުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެއްލުނު މީހާ ހުރީ ކަޅުކުލައިގެ ޑައިވިން ޝޫޓެއް ކައިގެންނެވެ. އޭނާ ހޯދަން އެމްއެންޑީއެފްގެ އެހީއަށް އެދުނީ އޭނާ ހޯދުމަށް މަސައްކަތް ކުރުމަށްފަހު ނުފެނުގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.