ޑެލިވަރީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

މި ޚަބަރު ވަނީ އަދާހަމަކުރެވިފައެވެ. 

16:25:38ފިހާރަތަކުން ސައުވީސް ގަޑިއިރު ޑެލިވަރީ ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޚިދުމަތް ފޯރުކޮށްނުދެވި ގިނަ އޯޑަރުތަކެއް ފުނިޖެހިފައި ހުރުމުން ޑެލިވަރީ ގަޑިތައް މުރާޖައާކޮށް، ގަނޑުކޮށް އަދި ވަކިވަކިން އެއްޗެހި ވިއްކާ ފަރާތްތަކަށް 24ގަޑިއިރު ޑެލިވަރީ ޚިދުމަތް ދެވޭނެ ކަމަށް ފުލހުން ބުނެފިއެވެ. 

ކާބޯތަކެތީ ވިއްކާ ކެފޭ، ހޮޓާތަކުން ފަދަ ތަންތަނުން ހެނދުނު 8 އިން ރޭގަނޑު 11އަށް ޑެލިވަރީ ކުރެވޭނެއެވެ.

04/16/2020 މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ފިހާރަތަކާއި ރެސްޓޯރެންޓް ތަކުން ޑެލިވަރީ ކުރެވޭނެ ގަޑިތައް އާއްމުކޮށްފިއެވެ. 

ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަނުން ޑެލިވަރީ ކުރެވޭނެ ގަޑިތަކަކީ މިއަދު ހެނދުނު ނުވައަކުން މެންދުރު ދޭކަށް، އަދި ހަވީރު ތިނެކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން އެގާރައަށެވެ. 

ޑެލިވަރީ ޚިދުމަތް ދެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައެއް އޮވެގެންނެވެ. ޑެލިވަރީ ޚިދުމަތް ދޭ ފަރާތްތަކަށް ހުއްދަ ދޫކުރަން ފަށާނީ މިއަދު ހެނދުނު ނުވައެއް ޖަހާއިރުއެވެ. ހުއްދަ ދޫކުރާނީ މާލޭ ޓޯޔާޑުންނާއި ވިލިމާލޭ ފުލުސް ސްޓޭޝަނުންނާއި ހުޅުމާލޭ ފުލުސް ސްޓޭޝަނުންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.