ކޮވިޑް-19: އައްޑުއަށް އަންނަ މީހުން ސާދަ ދުވަހު ގޭގައި މަޑުކޮށްލަ ދެއްވާ: ސަޕޯޓު ޑެސްކް

މާލެއާއި، ރިސޯޓުތަކުން އައްޑޫ ސިޓީއަށް އަންނަ މީހުން 14 ދުވަސް ވަންދެން ގޭގައި މަޑުކޮށްދިނުމަށް ހިތަދޫ ސޯޝަލް ސަޕޯޓު ޑެސްކުން އެދިވަޑައިގެންފިއެވެ.

ކޮވިޑް-19 ބެހޭ މައުލޫމާތުދީ އެބައްޔަށް މީހުން ހޭލުންތެރި ކުރުމާއި އެކިގޮތް ގޮތުން އެހީވުމަށް އެކުލަވާލައިފައިވާ ހިތަދޫ ސޯޝަލް ސަޕޯޓު ޑެސްކުން ވިދާޅުވެފައިވަނީ "މާލެ އަދި ރިޒޯޓްތަކުން އައްޑޫއަށް ދަތުކުރި އެންމެން 14  ދުވަސް ވަންދެން ގޭ މަޑުކޮށްދިނުން އެދެން،" ކަމަށެވެ.

އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ކަމަށްވާނަމަ އެޗް.ޕީ.އޭ ގެ ހޮޓްލައިން 1676 އަށް ގުޅުއްވުމަށް ވެސްވަނީ އިލްތިމާސް ކުރައްވައިފައެވެ.

މާލެއިން މިއަދު ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ރޯގާގެ އަލާމާތްތަކެއް ފެނިގެން މާލޭ ހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކަށް ދައްކަން ދިޔަ ދިވެއްސެއްކެވެ. އޭނާ އެކުލިނިކަށް ދައްކައިފައިވަނީ އިއްޔެއެވެ. ކޮވިޑު-19 އަށް ޝައްކުވެގެން ޓެސްޓް ހެދިއިރު އޭނާ އެބައްޔަށް ޕޮޒިޓިވްވެފައިވާކަން އެންގިފައިވަނީ މިއަދު އެވެ. މިހާރުވަނީ އެމީހާ ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްދަނީ ކުރެވެމުން ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މިވަދަ ވަގުތެއްގައި އެޗުޕީއޭ އިން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް އެޗުޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.