ކޮވިޑް- 19: ލެޓިން އެމެރިކާގެ ގައުމުތަކުގައި މީހުން މަރާ އަދަދު ވަަރަށް ބޮޑަށް މަދުވެއްޖެ

ކޮލޮމްބިޔާގެ ވެރިރަށް ބޮގޯޓާގެ މަގެެއް ލޮކްޑައުންގެ ސަބަބުން ފަޅުވެފައި

ދެކުނު އެމެރިކާ ނުވަތަ ލެޓިން އެމެރިކާގެ ބައެެއް ގައުމުތަކަކީ ދުނިޔޭގައި މީހުން މެރުން އެންމެ ގިނަ ގައުމުތަކެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ލެޓިން އެމެރިކާގެ ގައުުތަކުގައި ވެސް ފެތުރެމުން ދާއިރު، މި ވައިރަސްގެ ސަބަބުން އެގަމުތަކުގައި މީހުން މަރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފަހާގަކުރެވެއެވެ.

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް- 19 ގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދާތީ ގައުތަކުގެ ސަރުކާރުން ކަންބޮޑުވަމުން ދާއިރު، ބައެއް ގައުމުތަކަށް މިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބޭގޮތް ވެފައެވެ.

އެލްސެލްވަޑޯރގައި މީހުން މަރާ މިންވަރު ފެބްރުވަރީ މަހާއި މާރިޗު މަހުގައި ވަނީ ދެބައިކުޅަ އެއްބަޔަށް ތިރިވެފައެވެ. އެލްސެލްވަޑޯރގެ އަވަށްޓެރި ހޮންޑިއުރާސްގައި ވެސް މީހުން މަރާ މިންވަރު ފާހަގަކޮށްލެވޭ ވަރަށް ދަށްވެފައި ވާއިރު، މެކްސިކޯގެ އެންމެ ބޮޑު ސްޓޭޓާއި، ކޮޮލޮމްބިޔާގައި ވެސް ވަނީ ދަށްވެފައެވެ.

ރައްޔިތުންގެ ރައްކަލަށްޓަކައި ސަރުކާރުތަކުން އަޅާފައިވާ ދަތުރުފަތުރު މަނާކުރުމާއި، ތަންތަނަށް އެއްވުން މަނާކުރުމާއި، ޒަރޫރީ ބޭނުމަށް ނޫނީ ގެއިން ނުކުތުން މަނާކުރުމާއި، ރަށްތައް ލޮކްޑައުންކުރުމާއި، ކާފިއުން ހިންގުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ޖަރީމާތައް މަދުވެެގެން ދިޔައިިރު އެންމެ ބޮޑަށް މަދުވެގެން ގޮސްފައިވާ ޖަރީމާއަކީ މީހުން މެރުމެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުން މިކަން އެންމެ ބޮޑަށް ފާހަގަވެގެެން ދިޔައީ އެއީ ހަނގުރާމައިގެ ބޭރުން އެންެމެ ގިނައިން މީހުން މަރާ ގައުމުތައް ހިނގާ ގައުމުތައް ކަމަށް ވާތީއެވެ.

"(ވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން) މީހުން ދަނީ މަގުތަކުން އެއްފަރާތް ވަމުން." މެކްސިކޯ ސިޓީގެ ސެކިއުރިޓީ އެނަލިސްޓެއް ކަމުގައިވާ އަލެހަންދްރޯ ހޯޕް ވިދާޅުވިއެވެ.

އެލްސެލްވަޑޯރަކީ ލެޓިން އެމެރިކާއިން ކޮރޯނާ ވައިރަހާ ދެކޮޅަށް އެންމެ އަވަހަށް ފިޔަވަޅު އެޅި  ގައުމެވެ. 22 މާރިޗުގައި އެގައުމުގެ ސަރުކާރުން ވަނީ ރައްޔިތުން ގޭގައި ކަރަންޓީނުވެގެން ތިބުމަށް އަންގާފައެވެ. މިކަމުގެ ސަބަބުން މަގުމަތީގައި ހިނގާ ޖަރީމާތައް މަދުވެ މީހުން މަރާ މިންވަރު ދަަށަށް ދިޔައެވެ.

"އަހަރުމެން މިތިބީ މުޅި ދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއްގެ ތެރޭގައި. އަހަރުމެން އިސްކަންދިނީ އެއާ ހަނގުރާމަކުރަން. އެހެނަސް، މިއަދު މިވަނީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވިފައި." މީހުން މެރުން މަދުވުމަށް އިޝާރާތްކުރައްވަމުން ރައީސު ނާޔިބު ބުކޭލޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކޮވިޑް- 19 ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުުން އަދިވެސް މައިތިރިވެފައި ނުވާއިރު، މިހާތަނަށް 1.8 މިިލިއަނަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހި، ލައްކައަަކަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. ލެޓިން އެމެރިކާގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ ބްރެޒިލްގައެވެ. އެގައުމުގައި 21 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، 1100 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.