ވިލިވަރުގައި ހުރި މުދާ ކޮންޓެއިނަރެއްގައި އަލިފާން ރޯވެއްޖެ

ކ. ވިލިވަރު ކަރަންޓީން ފެސިލިޓީގައި ހުރި މުދާ ކޮންޓެއިނަރެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:41 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރޯވި އަލިފާން ނިއްވުމަށް ފަޔަރ ޓީމުން ގެންދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ރިސޯޓުގައި މިހާރު ތިބި ސިފައިނާއި ފުލުހުން ވެސް ގެންދަވަނީ އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ މިވަގުތުވަނީ އަލިފާން އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

އެކޮންޓެއިނަރުގައި ހުރީ ޕްލާސްޓިކު ސާމާނުތަކާއި، ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އޭގައިހުރި ސާމާނުތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގައި ރޯވިއަލިފާން އެއްކޮށް ކޮންޓްރޯލްކުރެވިފައިވަނީ 8:30 އެހައިންކާއިރު އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.