ކޮވިޑް-19: މީހަކު ޕޮޒިޓިވް ވުމުން ދެ ރަށެއް ބަންދުކޮށްފި

ރާއްޖޭގައި އުޅެފައި ބިދޭސީއަކު ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުމުން ދެރަށެއް ބަންދުކޮށްފިއެވެ.

އެޗުޕީއޭއިން ވިދާޅުވެފައިވަނީ ބަންދުކޮށްފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓާއި ރ. ބޮޑުފުށި ކަމަށެވެ. އެމީހާ ވަނީ އެދެރަށަށް ވެސް ގޮސްފައެވެ. ޕޮޒިޓިވް ވެފައިވަނީ ތުރުކީ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވަނީ އެނބުރި ގައުމަށްދިޔަ ފަހުންނެވެ.

އެޗުޕީއޭއިން ވިދާޅުވެފައިވަނީ އެ ދެރަށް ބަންދު ކުރުމަށްމަފަހު ކޮންޓެކްޓް ޓްރާސިން ހެދުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން އެ ދެރަށް އޮންނާނީ ބަންދުކޮށްފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ. އެ ދެރަށް ބަންދުކޮށްފައި އޮންނައިރު އެއްވެސް ބަޔަކަށް އެރަށަށް ނޭރޭނެއެވެ. އަދި އެރަށުން ވެސް ބަޔަކަށް ނުފޭބޭނެއެވެ.

މި ދެ ރިސޯޓަކީވެސް ތުރުކީ ކުންފުންޏަކުން އޮޕަރޭޓް ކުރާ ދެ ރިސޯޓެވެ. އެހެންނަމަވެސް ބޮޑުފުށްޓަކީ އަދި ހަދައި ނުނިމިއޮތް ރެށެކެވެ.

މިހާތަނަށް ރާއްޖެއިން ވަނީ މިބަލިޖެހިފައިވާ 19 މީހަކު ފެނިގެފައެވެ. އޭގެ ތެރެއިން 13 މީހަކަށް ވަނީ ބަލި ރަނގަޅުވެފައެވެ. ފަރުވާ ދެމުން ގެންދަނީ 4 މީހަކަށެވެ. އެއީ ދިވެހީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.