ފޭދޫ ލަކުޑި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އައްޑޫސިޓީ ފޭދޫ ބިސްޓްރޯވިލާ ގޭގައި ހުރި ލަކުޑި ގުދަނެއްގައި ރޯވި އަލިފާން ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފްއިވަނީ މިއަދު ހަވީރު 5:34 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ގޮސް އަލިފާން ނިއްވާލެވިފައިވަނީ 6:15 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ލަކުޑި ގުދަނުގައިހުރި ލަކުޑިތައްވަނީ އަނދައި އަޅިއަށްވެފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުހުން ގެންދަވަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.