ފުލުހުން ވިދާޅުވަނީ މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް: މަބްރޫކް

މާލޭގައި ކާފިއު ހިންގައިފައި އޮތް ކުޑަ ވަގުތުކޮޅުގައި އިއްޔެއާ އަޅާބަލާއިރު މިއަދު މަގުމައްޗަށް ނުކުތް މީހުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ފުލުހުން އިއްޔެ ވިދާޅުވެފައިވަނީ ކާފިއު ގަޑީގައި މާލޭގެ މަގުމައްޗަށް ނުކުމެ އުޅުނު 95 މީހަކު ހިފަހައްޓައި ނަސޭހަތްތެރިވެފައި ކަމަށެވެ. މިއަދު މާލޭގައި ހިފެހެއްޓިފައިވަނީ 284 މީހުންނެވެ.  ހުޅުމާލެއިން އިއްޔެ ހިފަހައްޓައި ނަސޭހަތް ދީފައިވަނީ 11 މީހުންނަށެވެ. އެގޭ ބަދަލުގައި މިއަދުވަނީ 67 މީހުންނަށް އިތުރުވެފައެވެ. ވިލިމާލޭގައި އިއްޔެ ހިފަހައްޓާފައިވަނީ 9 މީހުނެވެ. އެހެން ނަމަވެސް މިއަދު ވަނީ 25 މީހުން އެ އަވަށުން ހިފަހައްޓާފައި ކަމަށް ފުލުހުންނާ ހަވާލާ ދެއްވައި މަބްރޫކު ވިދާޅުވިއެވެ.

މި ދެދުވަހު ޖުމްލަ 376 މީހަކު ހިފަހައްޓައި ނަސޭހަތް ދީފައިވެއެވެ. އެއީ 333 ދިވެހީންނާއި 43 ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމީހުންނަށް މި ދެދުވަހު ނަސޭހަތް ދީފައި ދޫކޮށްލިޔަސް މާދަމާއިން ފެށިގެން އެގޮތަށް ދޫކޮށްލުމުގެ ބަދަލުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހުން މަގުމައްޗަށް ނުކުމެ އުޅުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށެވެ.

ކޮވިޑް ބަލިން އެންމެން ސަލާމާތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެންމެވެސް ގެއިން ނުނުކުމެ ގޭގައި ތިބުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭރުން އެ ސަލާމަތް ކުރެވުނީ އެތައް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމަ ގައިމުވެސް އަމިއްލަ އާއިލާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.