ކޮވިޑް-19: ޖޮބް ސެންޓަރަކަށް 449 ޝަކުވާ ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން އަންމުންދާ ނޭދެވޭ ބަދަލުގެ ސަބަބުން މީހުން ވަޒީފާ ވަކިކުރުމާއި މުސާރަ ކުޑަކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިއަދާ ހަމައަށް 449 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެއީ ޝަކުވާތައް ލިބެމުންދާ މިންވަރަށް ބަލާއިރު އެކަށީގެންވާ ޢަދަދެއް ކަމަށް ވިޔަސް އެއީ އަޑުތައް އަރައިފައިވާ މިންވަރަށް ބަލާއިރު ވަރަށް މަދު ޢަދަދެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރިސޯޓުތަކުން އެކަނި ވެސް އެގާރާ ހާސް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ޓީމުގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޢަދަދަށް ބަލާއިރި ހުށަހެޅޭ ޝަކުވާތައް ވަރަށް މަދު ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ތިންމަހުގެ އެލަވަންސެއް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ދެއްވާނީ ކިހާވަރެއް ކަމެއް އަދި ކަނޑައެޅިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ އެލަވަންސެއް ދެއްވާނީ ރަސްމީކޮށް ޝަކުވާ ހުށަހައި އެކަން ބެއްލެވުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ. އެހެންވީމާ އެއްވެސް އެފަދަ މައްސަލައެއް އޮތްކަމަށްވާނަމަ ޖޮބް ސެންޓަރަށް ޝަކުވާ ހުށަހެޅުމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.