ކޮވިޑް-19: މުޅި އާބާދީ އެއްފަހަރާ ޓެސްޓް ކުރެވެން އަދި ނެތް: ޑރ. މުރާދު

ރާއްޖޭގެ މުޅި އާބާދީ އެއްފަހަރާ ކޮވިޑް 19 އަށް ޓެސްޓް ކުރެވެން އަދި ނެތްކަމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި އޭނާ ވިދާޅުވީ އެއްފަހަރާ ގިނަ ސާމްޕަލްތައް ނަގައިގެން ޓެސްޓް ކުރަން ވެއްޖެކަމަށް ވާނަމަ އިސްކަންދޭން ޖެހޭ ފަރާތްތަކަށް އިސްކަން ނުދެވި ދިޔުންފަދަކަންކަން ދިމާވެދާނެ ކަމަށެވެ. އެހެންކަމުން ޓެސްޓު ކުރުން ވެސް އެއޮންނަ އުސޫލުގެ މަތީން ކުރުމަކީ މިވަގުތަށް އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވިއެވެ.

"ބަލި ކޮންޓްރޯލް ވެފައިވާ މިންވަރަށް ބަލާއިރު ޓެސްޓުތަކުން ނެރެވޭ ނަތީޖާ ވަރަށް މުހިންމުވާނެ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އެހެންނަމަވެސް ޓެސްޓުތައް ކުރުމުގައި (ކޮންމެ ގޮތެއްވިޔަސް) މުޅިއާބާދީ އެއްފަހަރާ ޓެސްޓް ކުރެވޭކަށެއްވެސް ނުހުރޭ. އެހެންވީމާ ވަކި އުސޫލުތަކެއް އަޅުގަނޑުމެން ވެސް ހިފަހައްޓަން އެބަޖެހޭ ޓެސްޓުތަކުގެ ނަތީޖާ ސައްހަ ކުރުމާއި އަދި ޓެސްޓުތަކުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުންވެސް ވަކިމިންގަނޑުތަކަކުން އަޅުގަނޑުމެން ޓެސްޓު ހަދައިފި ކަމަށްވަންޏާ އެ ޓެސްޓުތަކުގެ ނަތީޖާ އެންމެ ރަނގަޅު ގޮތުގައި މިލިބެނީ،" ޑރ. މުރާދު ވިދާޅުވިއެވެ.

ދެމީހުން ޕޮޒިޓިވުމާ ގުޅިގެން ޓްސްޓްކުރުމުގެ ކަންތައްތަކަށް ގެންނަޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ޓެކްނިކަލް އެޑްވައިޒަރީ ބޯޑުގައިދަނީ މަޝްވަރާ ކުރެވެމުން ކަމަށް ވެސް އެނާ ވިދާޅުވިއެވެ. މިހާރު ލިބިފައިވާ މައުލޫމާތަކާއި ދުނިޔޭގެ އެކިގައުމުތަކުން ލިބެމުންދާ މައުލޫމާތު ތަކަށް ބަލާއިރު ޓެސްޓު ކުރުމުގައި ގެންނަން އެންމެ ރަނގަޅުގޮތަކީ ކޮބައިތ ބަލައި ދެނެގަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ މުޅިދުނިޔެއަށް ވެސް އައު ބައެއްޔެއް ކަމަށާއި އެންމެންވެސް އުޅެނީ ދަސްކުރުމުގައި ކަމަވެސް ޑޮކްޓަރ ވިދާޅުވިއެވެ. މިކަންކަމަށް ނިންމާ ނިންމުންތައް ވަރަށް އަވަހަށް ހާކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެނިންމާ ނިންމުންތަކުގެ މައުލޫމާތު ލިބިގެންދާނެ. އަޅުގަނޑުމެން މިބަލަނީ މާދަމައަށް ގޮތްތަކެއް ފައިނަލައިޒް ކުރެވޭނެ ކަމަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.