ޔޫއޭއީ އިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެ

ޔުނައިޓެޑް އަރަބް އިމިރޭޓްސް އިން ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް އަލަށް ޕޮޒިޓިވްވި 50 މީހުންގެ މިއަދު އިޢުލާން ކުރިއިރު އޭގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެއެވެ.

އަގައުމުން ކޮރޯނާއަށް ވައިރަސްއަށް އަލަށް ޕޮޒިޓިވްވި މީހުން މިއަދު ހާމަކުރި އިރު އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ޔޫކޭ، ސައުދީއަރަބިޔާ، ޔަމަން، ޓިއުނީޝިއާ، ސައުތުއެފްރިކާ، ބެލްޖިއަމް، ސައުތު ކޮރެއާ ބަލްގޭރިއާ، ފްރާންސް ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލެބްނާން، ކެންޔާ، ސޫދާން، އީރާން، އަޔަލެންޑް، ޖޯޑަން، ފިލިޕީންސް، އަދި ވެސް އިތުރު  ގައުމުތަކުގެ މީހުން ހިމެނެއެވެ.

މިއީ ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް ދިވެއްސަކަށް މިބަލި ޖެހުނު ފުރަތަމަ ފަހަރެވެ. އާނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ޔޫއޭއިން މިހާތަނަށް ވަނީ 248 މީހަކަށް މިބަލި ޖެހިފައެވެ. އޭގެ ތެރެއިން 4 މީހަކަށް ބަލި ރަނގަޅުވެފައިވެއެވެ. މިއަދު އަލަށް އިއުލާން ކުރި 50 މީހުންގެ ތެރޭގައި ހިމެނެނީ ޔޫއޭއިން އެބަލި ޖެހުނު މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުންނާއި ބޭރުގައުމުތަކުން އެގައުމަށް ގޮސްފައިވާ މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.