ކޮވިޑް-19 ގެ އަލާމާތް އިތުރު މީހެއްގެ ގައިން ފެނިއްޖެ

ކޮވިޑް-19 ގެ އަލާމާތް އިތުރު މީގެއްގެ ގައިން ފެނިގެން ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މިފަހަރު އެ އަލާމާތް ފެނިފައިވަނީ ސަފާރީއެއްގައި ހުރި މީހެކެވެ.

ރައީސް އޮފީގުގެ އަންޑަރސެކްރެޓަރީ މުހައްމަދު މަބްރޫކް މިރޭ ވިދާޅުވީ ޝައްކުވާ މީހާ ފެނިފައިވަނީ "މާހާ" ނަމަކަށްކިޔާ ސަފާރީއަކުން ކަމަށެވެ. އޭގައި ތިބީ 2 ދިވެހީންނާއި ތިން ބިދޭސީއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެކެވެ. އޭނާ ވިދާޅުވީ އެ ސަފާރީ މހާރުވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން ވަނީ ކޮވިޑް-19 އަށް 13 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ އޭގެ ތެރެއިން 5 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އެމީހުން ބަލިން ފަސޭހަވިޔަސް އެއީ ލުއިކޮށް ނަގަންޖެހޭނެ ކަމެއްނޫން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް އަމަލުކޮށް ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޑރ. މޫސާ މުރާދު ވިދާޅުވީ މިއަދު ދުނިޔޭގެ ޓީބީ ދުވަސްފާހަގަ ކުރަމުންދާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން ޓީބީގެ ބަލި މީހުންނަށް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް ޑަބްލިޔުއެޗުއޯއިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓީބީއަށް ފަރުވާ ހޯދަމުންދާ މީހަކަށް ކޮރޯނާ ވައިރަސް ޖެހިއްޖެނަމަ އެކަންވަރަށްބޮޑު ރިސްކަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.