އިތުރު ދެ މީހަކު ކޮވިޑް 19 އަށް ނެގެޓިވް ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހަކު ނެގެޓިވްވެ ބަލިން ފަސޭހަ ވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސްބްރީފިންގައި ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ މިއީ މިކަމުގެ ނުރައްކާ އޮތް މިންވަރު ކުޑަވެގެން ދިއުން ނޫން ކަމަށެވެ. އަދިވެސް އެކަމަށް އޮތް ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން އަދިވެސް ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން އެގޮތަށް ތިމުމާއި ބަލިން ރައްކާތެރިވާންޖެހޭ ހުރިހާ ކަމެއް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިބައްޔަށް ރާއްޖެއިން ޕޮޒިޓިވް 13 މީހުންގެ ތެރެއިން މީގެ ކުރިން ވަނީ ތިން މީހުން ނެގެޓިވްވެ ބަލިން ފަސޭހަވެފައެވެ. މިއަދު ފަސޭހަވި ދެ މީހުންނާއެކު މިބަލިން ފަސޭހަވި މީހުންގެ އަދަދު 5 އަށް އެރީއެވެ. އެހެންކަމުން މިހާރު ފަރުވާ ދެމުން ގެންދަވަނީ 8 މީހުންނަށެވެ.

މިއަދު ބައްޔަށް ނެގެޓިވްވި ދެމީހުންނަނަކީ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހުންގެ ތެރެއިން ދެމީހެކެވެ. ޑރ. އިސްމާޢީލް ވިދާޅުވީ އެދެމީހުން ބަލިން ފަސޭހަވުމުން މިހާރުވަނީ ގެއަށް ދޫކޮށްލައިފައި ކަމަށެވެ. ބަލިން ރަނގަޅުވީނަމަށްވެސް އެމީހުން 14 ނުވަތަ 30 ދުވަސް ވަންދެން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

"އިތުރު ދެމީހަކު ނެގެޓިވް ވުމުގެ މާނައަކީ އަޅުގަނޑުމެންނަށް އޮތް ރިސްކް ކުޑަވެގެން ދިޔައީއެއްނޫނޭ. އަޅުގަނޑުމެން ގޭގައި އެކަހެރިވެގެން ނޫނީ ސޯޝަލް އައިސޮލޭޝަންވުން ހުއްޓާލަންވީއެއްނޫނޭ. ސަބަބަކީ އަދިވެސް ރާއްޖެއިން ބޭރުން މީހުން އެބައާދޭ. ބަލިމީހުންނަށް ފަރުވާވެސް ދެމުން އެބަދޭ. އަދި އެމީހުންނާ ކޮންޓެކްޓްވެފައިވާ މީހުން އައިސޮލޭޝަންގައި ވެސް އެބަތިބި،" ޑރ. އިސްމާޢީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.