ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތް ފެނިގެން އެކަހެރި ކޮށްފި

އަދާރަން ސިލެކްޓް ހުދުރަން ފުށިން ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާ އެކަހެރިކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އޭނާ އެކަހެރި ކުރުމުގެ އިތުރުން އެރަށްވަނީ މޮނިޓަރ ކުރަން ފަށައިފައި ކަމަށެވެ. އެގޮތަށް މޮނިޓަރ ކުރަން ފެށުމުން އެރަށަކަށް އަރައި ފޭބުން މަނާވާނެއެވެ.

މިހާރު ގެންދަނީ އެރަށުން ފެނުނު މީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުމުގެ މަސައްކަތް ކުރަމުންނެވެ.

އެމީހާ އެރަށުން ފެނުމުގެ ކުރިން ވެސް ބައެއް ރަށްރަށްވަނީ މޮނިޓަރ ކުރަން ފަށައިފިއެވެ. އެއީ ސިނަމަން ހަކުރާހުރާ، އަނަންތަރާ ދިގު، ކުލަބުމެޑް، ކަނިފިނޮޅު، ސޭންޑީސް ބަތަލާ އަދި އައިލެންޑް ސަފާރީއާއި އީކުއެރޓަރ ސަފާރީ ވެސް ވަނީ މޮނިޓަރިންގައެވެ.

ވެލިގަނޑު ރިސޯޓު މިހާރުވަނީ މޮނިޓަރިންއިން ނަގައި އާއްމު ހާލަތަށް ބަދަލު ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 2 ދިވެއްސެއްގެ ފުށުން އެބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ކުރިއަށް ކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ. މި 2 މީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް- 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 3 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.