ފުލުހުންގެ ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ލ. ގަމު، ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލައި އަންދާލައިފިއެވެ.

ލޯންޗްގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ފުލުހުންށް ލިބުނީ ރޭ 3:45 ހާއިރުއެވެ. އެމެއެންޑީއެފަށް އަލިފާނުގެ ޙާދިސާގެ މަޢުލޫމާތު ޙިއްސާކުރުމަށްފަހު ފުލުހުން ލޯންޗް އޮތް ސަރަހައްދަށް ދިޔައިރު ލޯންޗުގެ ވާ ވެސް އޮތީ ކަނޑާލާފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އެހެން ކަމުން އެއީ ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލޯންޗުގައި ރޯވެފައިވާ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ނިވާލީ ރޭ ފަތިހު ފަހެއް ޖަހާކަންއިރު އެވެ. އަލިފާންގަނޑު ނިވާލި އިރު ބޭނުން ނުކުރެވޭ ވަރަށް ލޯންޗް އަނދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ތަޙްޤީޤް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.