އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސެލާއި ޕެޓްރޯލްގެ އަގު އެކުންފުނީން އަނެއްކާވެސް ހެޔޮކޮށްފިއެވެ.

މީއީ މިއަހަރު މިހާތަނަށް އެސްޓީއޯން ތެލުގެ އަގު ހެޔޮކުރިން ތިންވަނަ ފަހަރެވެ. އެންމެފަހުން އެ ކުންފުނީން ތެލުގެ އަގުހެޔޮކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ވެސް އެކުންފުނިން ވަނީ ތިންފަހަރަށް ތެލުގެ އަގުހެޔޮކޮށްފައެވެ.

އެސްޓީއޯ އިން ޑީސެލް ލިޓަރެއް ކުރިން ވިއްކީ 10:39 ރުފިޔާއެވެ. މިހާރުގެ އަގަކީ 8:71 ރުފިޔާއެވެ. މިބަދަލާއެކު ލީޓަރަކުން ހެޔޮކޮށްފައިވަނީ 1.68 ރުފިޔާއެވެ.

ޕެޓްރޯލް ލިޓަރަކުން ވަނީ 1:53 ރުފިޔާ ހެޔޮކޮށްފައެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކާނީ 8:07 ރުފިޔާ އަށެވެ. ކުރީގެ އަގަކީ 9:60 ރުފިޔާއެވެ. މި ބަދަލު އެސްޓީއޯއިން ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަރަށްބޮޑަށް ހެޔޮވުމާ ގުޅިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.