ވިއްކާ ޑޮލަރުގެ އަދަދު އިތުރު ކުރާނަން: އެމްއެމްއޭ

ބާޒާރުން ޑޮލަރު ލިބުން ދަތި ވިޔަނުދިނުމަށްޓަކައި އަންނަ ހަފްތާއިން ފެށިގެން ބާޒަރަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރު ކުރައްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއާއި، ފިނޭންސްމިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ޑޮލަރު ލިބުމަށް ދަތިވެދާނެ ކަމަށެވެ.

އެކަން ހައްލު ކުރުމަށްޓަކައި އަންނަ ހަފްތާއިން ފެށިގެން ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށް ލިބޭނެގޮތް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިތުރު 150 މިލިއަން ޑޮލަރުގެ ބޭންކުތަކަށް ލިބޭނެގޮތް ހަދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރައްވަނީ ޑޮލަރު ލިބުން ތިޔާގި ކުރުމަށް ނުވަތަ ބާޒާރުގައި ޑޮލަރު ހިފެހެއްޓުމަށް ކުރާކަމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.