އީސީގެ ނާއިބް ރައީސް އަކްރަމް އިތުރު ދައުރަކަށް އެކޮމިޝަންގައި ބަހަށްޓަން މަޖިލީހުން ފާސްކޮށްފި

އީސީގެ މެންބަރު އަހުމަދު އަކުރަމް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބް ރައީސް ކަމުގެ މަޤާމްގައި މިހާރުވެސް ހުންނެވި އަޙަމަދު އަކްރަމް އިތުރު ދައުރަކަށް އެކޮމިޝަންގެ މެމްބަރުކަމުގައި ބަހަށްޓަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އީސީއަށް މެމްބަރަކު އައްޔަންކުރަނީ އެކޮމިޝަންގެ ނާއިބްރައީސް އަޙްމަދު އަކްރަމްގެ ދައުރު ހަމަވާތީއެވެ. މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެއްވުމުން މިހާރުވެސް މަޤާމުގައި ހުންނަވައިގެން އަކްރަމްވަނީ އެކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފައެވެ. އަކްރަމްގެ އިތުރުން ތިން ބޭފުޅަކު އެމަޤާމަށް ކުރިމަތިލެއްވިއެވެ. ކޮމެޓީން އިސްކަންދެއްވި ތަރުތީބުން އެންމެ ފުރަތަމަ ވޯޓަށް އެއްސަވައި ފާސްވެގެންދިޔައީ އަކުރަމްގެ ނަމެވެ. އަކްރަމަށް ރުހުން ދިނުމަށް ފާސްކުރެއްވީ 72 މެމްބަރުންގެ ޢިއްތުފާޤުންނެވެ.

އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ޙަސަން އާއި ހއ. ކެލާ، އަނބުގަސްދޮށުގޭ މަރިޔަމް ޙަނީފާ ޚާލިދާއި ވ. ރިވެތި، އަޙްމަދު މަންޝޫރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.