ސާކްގެ އެންމެ އިސްވެރިންގެ ވީޑިޔޯ ކޮންފަރެންސް މާދަމާ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ބާއްވާ ސާކްގެ އެންމެ އިސްވެރިންގެ ވީޑިޔޯ ކޮންފަރެންސް މާދަމާ ބާއްވާ ގޮަަތަށް ހަމަޖައްސައިފިއެވެ.

"މި ސަރަހައްދުގައި ކޮވިޑް- 19 އާ ހަނގުރާމަކުރުމަށް ސްޓްެރެޓެޖީއެއް އެކުލަވާލުމަށްޓަކައި ސާކްގެ ހުރިހާ ގަމެއް ބައިވެރިވެގެން ބާއްވާ ވީޑިޔޯ ކޮންފަރެންސް ލީޑްކުރައްވާނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ." އިންޑިޔާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު މިރޭ ކުރެއްވި ޓުވީޓެއްގައި ވެއެެވެ.

މި ވީޑިޔޯ ކޮންފަރެންސް އޮންނާނީ މާދަމާ، 15 މާރިޗު 2020 ދުވަހު، ހަވީރު އިންޑިޔާ ގަޑިން 5 ޖަހާއިރު (ރާއްޖޭ ގަޑިން ހަވީރު 4:30) އެވެ.

އިއްޔެ ކުރެއްވި ޓުވީޓެއްގައި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހުށަހެޅުއްވުމަށް ސާކްގެ ހުރިހާ ގައުމަކުން ވަނީ މަރުހަބާ ކިޔާފައެވެ. މި ވީޑިޔޯ ކޮންފަރެންސުގައި ބައިވެރިވާނެ ކަމަށް އެންމެ ފަހުން ބުނެފައި ވަނީ ޕާކިސްތާނެވެ. ޕާކިސްތާނުން ބުނެފައި ވަނީ އެގައުމުގެ ފަރާތުން ވީޑިޔޯ ކޮންފަރެންސުގައި ބައިވެރިވެޑައިގަންނަވާނީ، ސިއްހީ ކަންކަމުގައި ބޮޑުވަޒީރު އިމްރާން ޚާނަށް ލަފާދެއްވާ އެޑްވައިޒަރު ޒަފަރް މިރްޒާއެވެ. އެހެން ގައުމުތަކުން ބައިވެރިވެވަޑައިގަންނަވާނީ އެގައުމުތަކުގެ ރައީސުން ނުވަތަ ބޮޑުވަޒީރުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.