އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ. ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީއެކެވެ. އޭނާއަކީ އަނަންތަރާ ރިސޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

އޭނާއާ ކޮންޓެކްޓްވެފައިވާ 11 މީހުން މިހާތަނަށް ފާހަގަވެފައިވާ ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. އެމީހުން އައިސޮލޭޓު ކޮށް މޮނިޓަރ ކުރަމުން ގެންދާ ކަމަށް ވެސް އެޗުޕީއޭއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިމީހާ ޕޮޒިޓިވް ވުމުން ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 9 އަށް އެރީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.