ކޮވިޑް 19 އިން ރައްކާތެރިވުމަށްޓައި، މީހުން އެއްވާ ތަންތަނަށް ދިއުން ހުއްޓާލާ: ނާއިބު ރައީސް

 ކޮވިޑް19 އިން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން އެއްވާ ތަންތަނަށް ދިއުން ހުއްޓާލުމަށް ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މީހުން އެއްވާތަންތަނަށް ދިއުން ހުއްޓާލުމުގެ އިތުރުން ސާފުތާހިރު ކަމަށް އިސްކަންދީ ގިނަހިނައިން އަތްދުވުމަސް ވެސް ނަސޭހަތްތެރިވެ ވަޑައޮގެންފައިވެއެވެ.

"އާއްމު ސާފުތާހިރުކަމަށް އިސްކަންދެއްވާ، ގިނަގިނައިން އަތްދޮވެ، މީހުން އެއްވާ ތަންތަނަށް ދިއުން ހުއްޓާލައްވާ، އަދި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތައް އަޑުއައްސަވާ އެއަށް ޢަމަލު ކުރައްވާ،" ނާއިބު ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެ މިހާރުވަނީ އާއްމު ސިއްހަތުގެ ކުއްލި ހާލަތު އެއްމަސްދުވަހަށް އިއުލާން ކުރައްވައިފައެވެ. މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 އަށް 8 މީހުން ޕޮޒިޓިވްވެފައެވެ. އެބަލީގެ އަލާމާތްތައް ފެނިގެން ދިވެއްސަކު ވެސް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.