ކޮރޯނާ ވައިރަސް ރާއްޖޭގައި ކޮންޓްރޯލް ވާނެކަމުގެ އުންމީދު އަދިވެސް އެބައޮތް: އަމީން

ރާއްޖޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ކޮންޓްރޯލް ވާނެ ކަމުގެ އުންމީދު އަދިވެސް ނުގެއްލޭ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ކޮވިޑް 19 އާ ބެހޭ ބައެއް މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މިހާތަނަށް 8 މީހުން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާއިރު އެއީ ބޭރުންއައި ކޭސްތަކެއް ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަކޮށް އާންމު ހޭލުންތެރި ކުރުމުގެ މަސައްކަތްތައް އިތުރު ކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ރާއްޖޭގެ ހާލަތު މިވަގުތު މިހެން އޮތަސް އިތުރަށް ފެތުރުނަނުދިނުމަށް ކުރަމުން ގެންދަވާ މަސައްކަތް އިތުރުކޮށް އިތުރު ފިޔަވަޅު އަޅުއްވަމުން ގެންދަވާތީ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

ރާއްޖޭގައި އެބަލި ފެތުރޭނެ މިންވަރަކާއި އަވަސް މިނެއްވެސް އަދި ނޭނގޭ ކަމަށާއި އެކަން އެކިގައުމުތަކުގައި އޮތީ އެކިވަރަކަށް ކަމަށް މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ. "އަދިވެސް މިބަލަނީ އިރާދަ ކުރެއްވިއްޔާ ކޮންޓްރޯލް ކުރެވޭނެ ކަމަށް. ބައްޔާއެކު އިގްތިސާދަށް ވެސް އަސަރުކުރާނެ. އެއިން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާބެހޭ ފަރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މި ބަލި ފެތުރި އަދި މަޑުޖެހިފައިވަނީ ވެސް ޗައިނާގައި އެކަނި ކަމަށެވެ. އެހެންކަމުން ރާއްޖެއިން ކުރިއަށްދަނީ އެހުރިހާ ކަމަކަށްބަލައި ޑަބްލިޔުއެޗުއޯގެ އިރުޝާދާއި އެތަނުގެ މިންގަނޑާ އެއްގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ބަލާއިރު މިބަލިން ރައްކާތެރިވުމަށް އެޅެންއޮތް އެންމެ މުހިންމު ފިޔަވަޅަކީ ސާފުތާހިރުކަންމަތީ އަބަދުވެސް ތިބެ ގިނަގިނައިން ރަނގަޅަށް އަތްދޮވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަމަށް ސިއްޙީދާއިރާއިން އިރުޝާދު ދެއްވާނެ ކަމަށާއި ރައްޔިތުން އެކަމަށް ފާރަވެރިވާންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.