ސަތާރަ ސަތޭކަ ހައުންސިން ޔުނިޓުގެ ބިންގާ އަޅައިފި

މިސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން 1700 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއީ 133،237،000 ޑޮލަރު ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ދެ އަހަރުތެރޭގައި ނިންމާލެވޭނެކަމަށެވެ.

"ފަސްޓްޓައިމް ހޯމް ބަޔަރސް" އަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މިމަޝްރޫގެ ދަށުން އިމްރާތް ކުރާ 1700  ހައުސިން ޔުނިޓުގެ 11 ޓަވަރެއްގައެވެ.  11 ޓަވަރުގެ ތެރޭގައި ހިމެނެނީ  15 ބުރިއާއި 16 ބުރީގެ އިމާރާތްތަކެވެ.

އެއީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެއްހާސް ވިހި އެޕާޓުމެންޓާއި، 650 އަކަފޫޓުގެ 680 އެޕާޓުމެންޓް ކަމަށްވެސް ހައުސިލް މިނިސްޓްރީން ވިދާޅުވިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު މޭމަސްތެރޭގައި ފެށޭނެ ކަމަށް ވެސް ހައުސިލް މިނިސްޓްރީން ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ފަހިދިރިއުޅުން ކޯޕަރޭޝަނާއި، ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނުންނެވެ.

މި ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމެވެ. މިރަސްމިއްޔާތުގައި، ރައީސް ނަޝީދާއި، ހައުސިން މިނިސްޓަރ އާމިނަތު އާތިފާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.