ކުރަމަތި އައިލެންޑުގައި މަސައްކަތް ކުރާ ދިވެއްސަކު ކަރަންޓީން ކޮށްފި

ކޮވިޑް 19 އަށް ޝައްކު ކުރެވިފައިވާ މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ދިވެއްސަކު ކަރަންޓީން ފެސިލީޓީއަށް ބަދަލުކޮށްފިއެވެ.

އެޗުޕީއޭއިން ބުނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. އޭނާ އެތަނަށް ބަދަލުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެތަނަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 6 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ފަރުކޮޅުފުށީ އައިސޮލޭޝަންގައި 15 މީހުން އެބަތިއްބެވެ. ވެލިވަރުގައި 11 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބުރޫކު އަބްދުލްއަޒީޒު ވިދާޅުވީ ބަތަލާއިން ވެސް އަލަށް ދެ ކޭސް ފެނިފައިވާ ކަމަށެވެ. އެއީ "ކްލޯސް ކޮންޓެކްޓް" ވެފައިވާ ދެމީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެއެވެ. އޭގެ ތެރެއިން ޢުމުރުން ދުވަސްވީ މީހަކު ގާތުން މޮނިޓަރ ކުރުމަށްޓަކައި ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.