ޕެރިހުގެ މިސްކިތަކަށް ބަޑިން ހަމަލާދީފި

ސައިކަލެއްގައި އައިސް ހަމަލާ ދިން މީހާ ވަނީ ފިލާފައި

ޕެރިހުގެ މަގެއްގައި ފުލުހުން ފޯރިމަރަނީ

ޕެރިހުގެ އިރުއުތުރައި ހުންނަ މިސްކަތަކަށް ރޭ ބަޑިން ހަމަލާދީ އެކަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެެވެ. މަންޒަރުދުށް މީހުން ބުނިގޮތުގައި ހެލްމެޓެއް އަޅައިގެން ސައިކަލެއްގައި އައި މީހަކު ވަނީ މިސްކިތުގެ ތެރެއަށް ބަޑިޖެހުމަށް ފަހު ފިލާފައެވެ.

ހަމަލާ ދިން މިސްކިތަކީ ޕެރިހުގެ 19 ވަނަ އިދާރީ ޑިސްޓްރިކްޓް ގެ ރޫ ޑިޓެންގާގައި ހުންނަ މިސްކިތެކެވެ. އެސަރަހައްދަކީ ތަފާތު ނަސްލުތަކާއި، ދީންތަކުގެ މީހުން ދިރިއުޅޭ ސަރަހައްދެކެވެ.

އަނިޔާވި 32 އަހަރުގެ މީހާގެ ފަޔަށް 2 ވަޒަން އަރާފައި ވެއެވެ. އެ ވަގުތު މިސްކިތުގައި ތިބީ 15 ވަރަކަށް މީހުން ކަމަށްވެއެވެ.

ފުލުހުން މިިހާރު ވަނީ މި ހާދިސާގެ ތަހުގީގެއް ފަށާފައެވެ.

ފްރާންސުގައި ފަހަކަށް އައިސް މުސްލިމުންނާ ދެކޮޅަށް ދެވޭ މިފަދަ ހަމަލާތައް އިތުރުވަމުން ދާކަން ފާހަގަވެއެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އުމުރުން 84 އަހަރުގެ މީހަކު ވަނީ ބަޔޯންގެ މިސްކިތެއްގެ ކުރިމަތީގައި ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާ ބުނެފައި ވަނީ އެ ހަމަލާ ދިނީ ފްރާންސްގެ ތާރީޚީ ނަސާރާ ފައްޅި ނޮޓްރަ ޑާމް ފައްޅީގައި އަލިފާންރޯވުމުން އެކަމުގެ ބަދަލު ހިފުމަށް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.