ފަސް ވަޢުދެއް ހިމެނޭ އެއްބަސްވުމެއްގައި ސަމާއައިލެންޑުގެ މުވައްޒަފުން ސޮއިކޮށްފި

ސަމާ އައިލޭންޑް މޯލްޑިވްސްގެ މުވައްޒަފުން ފަސް ވަޢުދެއް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއީ އެ ރިސޯޓުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ޚާއްސަ ޙަރަކާތެކެވެ.

 އެވަޢުދުތަކުގެ ތެރޭގައި މައިގަނޑު ގޮތެގައި ހިމެނެނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދު ކުރުމާއި، ހަކަތަ އިސްރާފް ކުރެވޭ މިންވަރު މަދު ކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަސައްކަތް ކުރުން ކަމަށް އެ ރިސޯޓުން މަޢުލޫމާތު ދެއްވިއެވެ.

އެރިސޯޓުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ ތަކުރާރުކޮށް އެރިސޯޓަށް އަންނަ ފަތުރުވެރީން ލައްވައި ބޭއްވި ރުއް އިންދުމުގެ ހަރަކާތަކުންނެވެ. އެގޮތުން 5 ރުއް ވަނީ އިންދާފައެވެ. މިހަރަކާތަށް ފަހު އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮކްޓެއިލް ހަފްލާއެއް މިއުޒިކާއި އެކު ވަނީ ބާއްވައިފިއެވެ.

ދާދިފަހުން ސަމާ އައިލޭންޑަށް ވަނީ ހޮލިޑޭ ގޯލްޑް ޗެކް އެވޯޑް ރާއްޖޭގެ އެންމެ މަޤްބޫލު އެއް ރިސޯޓުގެ ގޮތުގައި ހާސިލް ކޮށްފައެވެ. މީގެ އިތުރުން 2017، 2018 އަދި 2019 ވަނަ އަހަރު ބޭއްވި ސަޓާ އެވޯޑުގައ ލީޑިންގް ބީޗް ރިސޯޓް އެވޯޑުވެސް ވަނީ ޙާސިކް ކޮށްފައެވެ.

އެރިސޯޓުގައި ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު 3 ޑީ ފްރިންޓެޑް ފަރު ވަނީ ޤާއިމްކޮށްފައެވެ. މިއީ އެރިސޯޓުގެ ފަރާތުން ތިމާވެށްޓާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ހަރަކާތް ތަކުގެ ތެރެއިން ހިންގި މަޝްރޫއެކެވެ. މިއާ ގުޅުވައިގެން އެރިސޯޓުން ވަނީ ޕްލާސްޓިކް މަނާކޮށް، އަވީން ޙަކަތަ އުފެއްދުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

މާލެއަތޮޅު އުތުރުގައި އޮންނަ ޒިޔާރަށްފުށީގައި ހަދާފައިވާ ސަމާ އައިލޭންޑް ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. މި ރަށް އެންމެ ފުރަތަމަ ކައިމޫ ގްރޫޕްސް އިން ހިންގީ ސަމާ އައިލޭން ވިލެޖުގެ ނަމުގައެވެ. ނަމަވެސް 2015 ވަނަ އަހަރު މިތަން ބަންދުކޮށް މުޅި ރިސޯޓު އަލުން ހެދުމަށް ފަހު ވަނީ ސަމާ އައިލޭންޑް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.