ޑީކޮމްޕްރެޝަންއާ ބެހޭ މަޢުލޫމާތު އޭއީއެޗާއި، އެމްސީއެޗުގެ ކަމާބެހޭ މީހުންނަށް ދީފި

ޑީކޮމްޕްރެޝަން އާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަކުއަވެންޗަރ މޯލްޑިވްސްއިން އައްޑޫގައި ބާއްވައިފިއެވެ.

މިއީ އައްޑޫގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި ތިންގަޑިއިރުގެ ސެޝަނެކެވެ.

މިއީ ފަހަކައަށް އައިސް އައްޑޫގައި ޑިކޯވެގެން ފަރުވާ ހޯދުމަށް އަންނަ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އެކަމާބެހޭ މަޢުލޫމާތު ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެކުއަރވެންޗަރ އިން މަޢުލޫމާތު ދެއްވިއެވެ. އެކަމާބެހޭ މަޢުލޫމާތު ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ ނުހުންނަ ކަމަށް ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ނެދަލޭންޑުގެ ޑައިވް އެކްސްޕާޓެއް ކަމަށްވާ މާކު ނަމަކަށް ކިޔާ ބޭފުޅެކެވެ. ބައްދަލުވުމުގައި އައްޑޫ އިކުއެޓޯރިއަކް ހޮސްޕިޓަލް (އޭއީއެޗު) އާއި މަރަދޫ ހެލްތުސެންޓަރ (އެމްސީއެޗު) ގެ ކަމާބެހޭ މުވައްޒަފުން ބައިވެރިވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.