ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓު، ޖަލްސާގައި ބައިވެރި ނުވުމުން އެމްޑީޕީން ފާޑުކިޔައިފި

ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކެންޑީޑޭޓު ޕީޕީއެމްގެ ކެމްޕެއިން އިފްތިތާހުކުރި ޖަލްސާގައި ބައިވެރިނުވުމުން  އެމްޑީޕީން ފާޑުކިޔައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި އެކަމަށް ފާޑުކިޔާވައިވަނީ އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން އަފްޝަލް ލަތީއެވެ. އެއީ މުޅި އެއަތޮޅަށްވެސް މުޅި އެ ސިޓީއަށްވެސް ލިބިގެންގޮސްފައިވާ ވަރަށްބޮޑު ނިކަމެތިކަމަކާއި ބޭ އިންސާފެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ އެގޮތަށް އަމަލު ކުރެއްވުމުން ކައުންސިލް އިންތިހާބުގައި ވޯޓު ލާއިރު ކުޅުދުފުށި ސިޓީގެ ރައްޔިތުން އަކަށް ވިސަނަވާނެ ކަމަށް ދެކޭ ކަމަށެވެ. އެހެން އެވީ އެއްވެސްވަރަކަށް ލާމަރުކަޒީ ނިޒާމަށް ޕީޕީއެމް އަހުލުވެރިވެފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޅުދުއްފުށްޓަކީ މިހާރު ސިޓީއެއްކަމާ މޭޔަރެއް ހޮވޭނެކަމާ މިފަދަ ކަންތައްތައްވެސް ނޭނގެނީ ކަމަށް ވެދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ވެސް އެކަހެރި ކުރެވުމެއް ކަމަށާއި، އެއިން ވެސް އެނގުނީ ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމުން ކުޅުދުފުށި ސިޓީއަށް ވެފައިވާ އިހުމާލު ކަމަށް އަފްޝަން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކަރުގައި، އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރައްވާ ބޭފުޅެއް ވެރިކަން ކުރައްވާނެ ފަދައިން އެބޭފުޅުން ހުރިހާ ކަމަކާއި، މަޝްރޫއެއްވެސް ހިންގަވާފައިވަނީ ވަރަށް މަރުކަޒީގޮތަކަށްކަމަށާއި ކައުންސިލްތަކުގެ އެއްވެސް ބާރެއްނެތި އެއްވެސް ބައިވެރިވުމެއްނެތި އަދި އެއްވެސް ހިއްސާއެއްވެސް ނެތްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން އިއްޔެވެސް ވަނީ ދެ މިލިއަނަށްވުރެ ދަށުގެ 20 ޕީއެސްއައިޕީ ޕްރޮޖެކްޓް ހަވާލު ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން ފެނިގެންދިޔައީ ރައްޔިތުނަށް މިހާރު ލާމަރުކަޒީ ނިޒާމެއް ހިންގަމުން އަންނަކަން ފާހަގަކުރެވޭވަރަށް މަސައްކަތްތަކެއް ކުރަވެމުންދާކަން ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. އަދި ކަންކަމުގައި ބައިވެރިކޮށް ބާރުވެރިކަމާއެކު ކައުންސިލްތައް ހިނގަމުންދާކަން ވެސް އެކަމުން އެނގިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.