ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯރ ނިއުޓީޗަރސް ވޯކްޝޮޕް ފަށައިފި

ރާއްޖޭގެ ދެ ސަރަހައްދެއްގައި ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯރ ނިއުޓީޗަރސް ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުގައެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވަމުން ގެންދާ ވޯކްޝޮޕުގައި ނ. އަތޮޅާއި، ރ. އަތޮޅާއި ބ. އަތޮޅުން  ޖުމުލަ 29 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. ޝަރަފުއްދީން ސްކޫލުގައި ބާއްވަމުން ގެންދާ ވޯކްޝޮޕުގައި ހުވަދުއަތޮޅުގެ ދެބުރިއާއި، ފުވައްމުލަކު ސިޓީއާއި، އައްޑޫސިޓީން  41 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވެއެވެ.

މި ދެ ސަރަހައްދުގައި ކުރިއަށްގެންދާ މި ދެ ވޯކްޝޮޕު ފެސިލިޓޭޓް ކުރައްވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލް ބޭފުޅުންނާއި އިންކްލޫސިވް އެޑިޔުކޭޝަންދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ސްކޫލުތަކުގެ ޓީޗަރުން ކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. މި ވޯކްޝޮޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 4 އަށެވެ.

 މި ހިނގާ މާޗްމަހުގެ ތެރޭގައި މިފަދަ އިތުރު ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށްގެންދަން ރާވާފައިވާކަމަށް ޑިޕާޓްމަންޓް އޮފް އިންކަލޫސިވް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވިއެވެ. އަދި 170 ޓީޗަރުން މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރުމަށް ރަވާފައިވެއެވެ.

 ަ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.