އުތީމުގައި އައު އިންޖީނުގެއެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމުގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އެމަސައްކަތް ފެނަކައިން ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕްރައިވެޓުލިމިޓެޑާއެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެނަކަ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއެއްބަސް ވުމުގައި ފެނަކައިން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. ނަސާ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލި އަބްދުއްރަހުމާނެވެ.

މިރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރ އަހުމަދު އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަސާ ކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ހަވާލުކޮށްފައިވަނީ 7,030,106.48 ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލު ކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު ފަހަކަށް ނިންމާ ގޮތަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.