ހުރިހާ މިސްކިތެއްގައި ގުނޫތުކިޔަން ނިންމައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގެ މިސްކިތްތަކުގައި މިރޭގެ މަޣުރިބު ނަމާދުން ފެށިގެން ގުނޫތުކިޔަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އެގޮތަށް ނިންމެވީ މިހާރު ފެތުރެމުންދާ ކޮރޯނާއާއި، ހިމަބިހިން ސަލާމަތްވުމުގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެމިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ކިޔުމަށެވެ.

ކޮރޯނާވައިރަސް ޗައިނާގެ ވުހާންއިން ފެނި މިހާރު ވަނީ މުޅި ގައުމަށް ފެތުރިފައެވެ. މިހާތަނަށް ރާއްޖެއިން އެބަލީގެ މީހަކު ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖެވެސް ހިމެނިފައިވަނީ ހައިރިސްކު ގައުމުތަކުތެރޭގައެވެ. އަވަށްޓެރި އިންޑިއާއި، ސްރީލަންކާއިން ވެސް މިބަލި މީހާރުވަނީ ފެނިފައެވެ.

މިބަލި ޖެހުނުމީހުންގެ އަދަދު ހަތްހާހަށްވުރެ ވަނީ މަތިވެފައެވެ. މިހާތަނަށް ވަނީ 170 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.