ޕޮލިސް ޓްރެއިނިން ސެންޓަރުން ދެ ކޮމްޕިޔުޓަރު ވަގަށް ނަގައިފި

އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް ޓްރެއިނިން ސެންޓަރަށް ވަގަށް ވަދެ އެތަނުގެ ދެ ކޮމްޕިޔުޓަރާއި ސީސީޓީވީގެ ހާޑު ޑިސްކު ވަގަށް ނަގައިފިއެވެ. މި ވައްކަން ކޮށްފައިވަނީ މިމަހު 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެތަނުން ވައްކަންކުރި ދެވަނަ ފަހަރެވެ. ކުރީފަހަރު ނަގައިފައިވާ އެއްޗެއްގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ޕޮލިސް ޓްރެއިނިން ސެންޓަރުން ވައްކަން ކުރި މައްސަލައެއް ބައްލަވަމުން ގެންދަވާ ކަމަށެވެ. "2020 ޖަނަވަރީ 26 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ހަދަމުންދާ ޕޮލިސް ޓްރެއިނިން ސެންޓަރުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

އައްޑޫ ސިޓީގެ ޕޮލިސް ޓްރެއިނިން ސްކޫލް ވަރަށް އަވަހަށް ނިންމުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަޖެހިފައިވާ ގޮތުގައި ޖުލައި އެކަކަށް އެތަން ނިންމާނެއެވެ. އަދި ޖުލައި 26 ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.