ހަތަރު ކުއްޖަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން އުޅުމުން ހުރަސް އަޅަން ފަށައިފި: ޖެންޑަރ

ހަތަރު ކުއްޖަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން އުޅުމުން އެ ކުދިން ނިސްބަތްވާ ރަށުގެ ބައެއް މީހުން ހުރަސް އަޅަން ފަށައިފި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ އެ 4 ކުދިންނަކީ  އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށެވެ. އެކުދިން ރައްކާތެރި މާހައުލަކަށް ގެންދަން އުޅުމުން އެރަށުން ހުރަސް އެޅީ ކުދިންގެ އާއިލާއިން ކަމެއް ނުވަތަ އެހެން ބައެއް ކަމެއް ޖެންޑާއިން ވިދާޅެއް ނުވެއެވެ.

އެ ކުދިން ނިސްބަތްވަނީ މެދުރާއްޖެތެރޭގެ ރަށަކަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. "މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން އަންނަނީ ހުރަސްއަޅަމުން،" ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

އެކުދިން ނެގުމުގެ މަސައްކަތް އަދިވެސް އެމިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. އެހެންނަމަވެސް އަދި ކާމިޔާބުވާގޮތެއް ނުވެއެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ވަރަށް ނޫސްވެރިންނަށް މައުލޫމާތެއް ނުދެއްވައެވެ. އަދި ސުވާލު ކުރުމުން ވެސް ޖަވާބު ދެއްވަނީ އެ މިނިސްޓްރީން ބޭނުން ވެއްޖެ ޙާލަތެއްގައެވެ. އެހެން ކަމުން މިކަމާ ބެހޭ ގޮތުން ވެސް އިތުރު މައުލޫމާތެއް ރަސްމީ ފަރާތަކުން ލިބޭ ގޮތެއް ނުވިއެވެ.

އެކުދިންގެ އުމުރެއް ވެސް އަދި ކުދިންގެ މައިންބަފައިންވީތަނެއް ވެސް އަދި މައިން ބަފައިން ތިބޭކަމެއް ނުވަތަ ނުތިބޭ ކަމެއްވެސް މިނިސްޓްރީން ވިދާޅެއް ނުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.