އިތުރު ދެމީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހިމަ ބިއްސަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވެފައިވަނީ ހިމަބިއްސަށް މިއަދު ޓެސްޓު ހެދި 9 މީހުންގެ ތެރެއިން ދެ މީހެކެވެ. މި ދެމީހުންނާއެކު މިހާތަނަށް ވަނީ ޖުލްމަ ހަ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައެވެ.

ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެކެވެ. އެބަލި ރާއްޖެއިން ނައްތާލި ކަމުގެ ސެޓުފިކެޓު ރާއްޖެއަށް ދީފައިވަނީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިހާރު މިބަލި މިވަނީ އަލުން ރާއްޖެއިން ފެންނަން ފަށައިފައެވެ.

މި ބައްޔާ ބެހޭގޮތުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ބަލިން ސަލާމަތްވުން ގުޅިފައިވަނީ ވެކްސިން ދިނުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެއްވެސް ސަބަބަކާހެދި ވެކްސިން ނުޖަހައިތިބި ކުދިން ތިބި ކަމަށްވާނަމަ ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމަށް މިނިސްޓަރ ވަނީ ގޮވާލައްވައިފައެވެ.

މިފަހަރުވެސް މިބަލި ފުރަތަމަ ފެނިފައިވަނީ ވެކްސިން ނުދީހުރި ކުއްޖެއްގެ ގައިންނެވެ. މިހާރުވަނީ މިބަލިން ސަލާމަތްވުމަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.