ހަތް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުންޖަހައި މީހަކު މަރުވެއްޖެ

ހަތް މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންވެ އެކަކު މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެއީ ނޮކު މޯލްޑިވްސްއަށް ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް ކަމަށެވެ. އެ ލޯންޗު ބަންޑުންވީ އެ ރިސޯޓުގެ ނެރުމައްޗަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެއީން ދަތުރު ކުރީ 2 ފަތުރުވެރިންނާއި 4 ފަޅުވެރިންނާއި އެރަށުގައި މަސައްކަތެއް ކުރަން ދިޔަ މީހެކެވެ. ލޯންޗު ބަންޑުންވި ހާދިސާގައި 51 އަހަރުގެ އެމީހާއަށް ގިނައިން ލޮނުބޮވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ލޮނުބޮވުމުގެ ސަބަބަން ހޭނެތިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އޭނާއަށް ފަރުވާދިނުމަށް ނ. މަނަދޫ ހޮސްޕިޓަލަށް ވަނީ ފޮނުވާލައިފައެވެ. އެހެންނަމަވެސް މިރޭ 7:50 އެހައިކަންހާއިރު އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ލޯންޗުން ދަތުރުކުރި އެހެން މީހުންވަނީ އެރިސޯޓުގެ ޑިންގީއަކަށް ނަގައި ސަލާމަތް ކޮށްފައެވެ. އެމީހުންގެ ހާލު ރަނގަޅެވެ. މިކަމާބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.