ސަފާރީއަކުން ޑައިވިނަށް ފޭބި ޖަރުމަނު އަންހެނަކު މަރުވެއްޖެ

އއ. މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި ޖަރުމަނު އަންހެނަކު މަރުވެއްޖެއެވެ.

އުމުރުން 71 އަހަރުގެ އެމީހާ މަރުވި ކަމުގެ ޚަބަރު ލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ މާޅޮހު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމާ ބެހޭ ގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއާއި ކަމާބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން ގެންދަނީ މިފަދަ ޙާދސާތައް ހުއްޓުވުމަށް ނުވަތަ މަދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ލައިފްގާޑުން ބެއިތިއްބުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.