އިތުރުޚިދުމަތްތަކެއް އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަށަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތަކެއް ބުދަ ދުވަހު ފަށާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

ހިތަދޫރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން މިހާރު ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން ބުދަދުވަހު އައު ހޮސްޕިޓަލަށް ބަދަލުކޮށް ޚިދުމަތްދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ބަލިތަކާއި،  ކަށީގެބަލިތަކާއި، ކުޑަކުދިންނަށް ޚާއްސަ ބަލިތަކާއި، އޮޕަރޭޝަން ޚިދުމަތްތަކާގުޅޭ އައުޓްޕޭޝަންޓް ޑިޕާރޓްމަންޓް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މީގެ ކުރިން ތިން ޚިދުމަތެއް އައު ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެއީ ހިތުގެ ބަލިތަކުގެ އޯޕީޑީއާއި ދަތުގެ ޚިދުމަތާއި، ކަރުންމަތީގެ ބަލިތަކުގެ އޯޕީޑީއެވެ.  މިއިން ކޮންމެ ޚިދުމަތެއްވެސް އެޗުއާރުއެޗަށް ވުރެ ރަނގަޅަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ލިބޭނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.