ހިމަބިއްސަށް ޝައްކު ކުރެވުނު ކުއްޖާއަށް ހިމަބިހި ޖެހިފައިނުވޭ: ހެލްތު މިނިސްޓްރީ

ހިމަބިއްސަށް ޝައުކު ކުރެވުނު ކަމަށް އެޗްޕީއޭ އިން މިއަދު ހާމަ ކުރި އުމުރުން 17 އަހަރުގެ ކުއްޖާއަށް ހިމަބިހި ޖެހިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ހާމަކުރައްވައފިއެވެ.

މިނިސްޓްރީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ "ހިމަބިއްސަށް ޝައްކުކުރެވުނު 17އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށެވެ. އަދި އެއީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ.

ރާއްޖެގައި ހިމަބިހި ފެތުރެމުންދާ ކަމަށް މިއަދު ހެލްތު މިނިސްޓްރީ އިން ވަނީ އިއުލާން ކުރައްވާފައެވެ. އަދި ހިމަބިހި ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކުން ޑޯޒު ފުރިހަމަ ކުރުމަށް ވެސް ހެލްތު މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްކޫލް އުމުރެ ކުދީންގެ ތެރެއިން ވެކްސިން ޖަހާފައިނުވާ ކުދީންނަށް މިހާރުން މިހާރަށް ވެކްސިން ޖެހުމަށައި ވެކްސިން ޖަހާފައި މެނުވީ ސްކޫލަށް ނުފޮނުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. 

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ނުކޮށްވާ ފަރާތްތަކަށް ޑޯޒު ފުރިހަމަ ކުރުމގެ މަސައްކަތް މިނިސްޓްރީ އިން މިހާރު ވަނީ ފަށާފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.