ފޯނަށްވުރެ ދަރީން އިސްކުރުމަށް އިނގިރޭސިވިލާތުގެ ސްކޫލަކުން ބެލެނިވެރިންނަށް އިލްތިމާސްކޮށްފި

ފޯނުތައް ބެހެއްޓުމަށްފަހު ދަރިންނާ މުއާމަލާތްކުރުމަށް އިނގިރޭސިވިލާތުގެ ސްކޫލަކުން ބެލެނިވެރީންނަށް އިލްތިމާސްކޮށްފިއެވެ.

ސިންފިންގައި ހުންނަ ޑަރބީގެ ރެޑްވުޑް ޕްރައިމަރީ ސްކޫލުގެ ދޮރާށިތަކުގައި އެކަމާ ގުޅޭ ސައިން ބޯޑުތަކެއް ވަނީ ބަހައްޓާފައެވެ. "މޯބައިލް އަކުން ދަރީންނާ ބައްދަލުކުރުމުގެ ބަދަލުގައި ހިނިތުންވުމަކާއެކު ދަރީންނާ ބައްދަލުކުރުމަށް އެއް ބޯޑުގައި ލިޔެފައިވެއެވެ.

ބީބީސިއިން ރިޕޯޓުކުރި ގޮތުގައި ބެލެނިވެރިންގެ ފަރާތުން އެކަމަށް ބޮޑު ތަރުހީބެއްދަނީ ލިބެމުންނެވެ. ގިނަ ބެލެނިވެރިން އެވާހަކައަށް އެއްބަސްވެއެވެ.

ސްކޫލާ ހަވާލާދީ ބީބީސީން އިން ރިޕޯޓުކުރި ގޮތުގައި ގޭގައި ދަރީން ހޭދަކުރާ ވަގުުތުތަކުގައި ސްކޫލުން އެދެނީ ބެލެނިވެރީން ދަރިންނާ ވީހައިވެސް ގިނައިން ވާހަކަ ދެއްކުމަށެވެ.

ބެލެނިވެރީންނަށް މެސެޖު ފޯރުކޮށްދިނުމުގެ ގޮތުން ސްކޫލުގެ ތިން ދޮރާށްޓެއްގައި ބޯޑުތައް ބަހައްޓާފައި ވެއެވެ. ބޯޑުތައް ތައްޔާރުކުރީ ސްކޫލުގެ ޓީޗަރުންނެވެ. އެ ޓީޗަރުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުންގެ މަގްސަދަކަށްވީ ދަރީން ގޭގައި ހޭދަކުރާ ވަގުތުގެ ބޭނުން ވީ އެންމެ ރަނގަޅަކަށް ހިފުމަށް ބެލެނިވެރިންނާ އެހީވުމެވެ. އަދި ދަރީންނާ ވާހަކަ ދެއްކުމުގެ މުހިއްމުކަން ހަނދާން ކޮށްދިނުމާއެކު ދަރީން ދުވަސް ހޭދަކުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބާރުއެޅުމެވެ.

ބެލެިނިވެރިއަކު ބުނިކަމަށް ބީބީސީގައި ބުނެފައިވާ ގޮތުގައި ދަރީންނާ އަޅާލުމަކީ ބެލެނިވެރިންގެ ޒިއްމާއެކެވެ. އެއީ ސްކޫލުން ހަނދާންކޮށްދޭން ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ދަރީން ސްކޫލުގައި ވަގުތު ހޭދަކުރާ ގޮތާ ބެހޭ ގޮތުން އަބަދުވެސް ވާހަކަ ދައްކާކަމަށް އެ ބެލެނިވެރިޔާ ބުނިކަމަށް ބީބީސީގައި ބުނެފައެވެ. ދަރީން ކުޅޭ ދަނޑުގައި ހޭދަކުރާ ވަގުތު، ވަށައިގެން ބަލައިލީމާ ފޯނަށް ގެއްލިފައި ތިބޭ މީހުން ހައިރާންވާހައި ގިނަ ކަމަށް އެމީހާ ބުނެފައިވެއެވެ. އަދި ދަރީންނަށްވުރެ ފޯނަށް އިސްކަން ދޭތަން ފެނުމަކީ ވަރަށް ދެރަކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފޯނަށް ގެއްލިފައި ތިބޭ ވަރުން ދަރިން އުޅޭ ނޫޅޭ ގޮތް ބެލެނިވެރިންނަށް ނުބެލޭ ކަމަށްވެސް ބެލެނިވެރިއަކު ބުނެފައިވެއެވެ.

އާދީއްތަ ދުވަހު ދިރާސީ އާ އަހަރު ފެށޭ އިރު އަޅުގަނޑުމެން ވެސް ފޯނަށްވުރެ ދަރީން އިސްކުރުމާ މެދު ވިސްނައިލުން ރަނގަޅެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.