ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

ބ. ކުޑަރިކިލު ކައިރިން ދަތުރުކޮށްފައި ދިޔަ "މިސް ސްކައި" ނަމަކަށް ކިޔާ ޔޮޓެއްގެ ކަފުގައި އޮތް ޑިންގީއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޑިންގީ ފެނިފައިވަނީ ބ. މަދިރިވާދޫ ކައިރިން އޮޔާދަނިކޮށް ކަމަށެވެ. ޑިންގީ ފެނިގެން އެކަން ރިޕޯޓު ކޮށްފައިވަނީ މިއަދު 11:19 އެހައިކަންހާ އިރު ކަމަށް އެމްއެންޑީ އެފުން ވިދާޅުވިއެވެ. ޑިންގީ ފެނިފައިވަނީ ނައުޝިއަސް ރިސޯޓުގެ އުޅަނދަކަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ އެ ޑިންގީ ގެއްލިފައިވާ ކަމަށް ބެލެވެނީ ރޭ ފަތިހު 5:30 އެހައިކަންހާއިރުއެވެ. ޑިންގީ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:15 އެހައިކަންހާއިރު ކަމަށް ވެސް އޭނާ ވިދާވިއެވެ. މި ޑިންގީއަކީ 9 ފޫޓުގެ ޑިންގީއެކެވެ.

އެމްއެންޑީއެފުން މިހާރުވެސް ގެންދަވަނީ ކަނޑުމަތީގައި ހިނގި ދެ ހާދިސާއެއްގައި ދެ މީހަކު ގެއްލިގެން ހޯދަމުންނެވެ. ބ. އަތޮޅު އަނގަފަރު ކައިރީން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ ޢަބްދުﷲ ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި ކ. ކަގި ކައިރީއޮތް ފަރަކަށް އެރި "ޓީޓީއެސް ފާނަ" ނަމަކަށް ކިޔާ ދޯނީގެ ކެޕްޓަން ގެއްލިގެން ވެސް ދަނީ ހޯދަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.