ރައްކާކޮށްފައި ހުރި 50 ހާސް ޑޮލަރު މީދާ ކާލައިފި

ޣައްޒާގައި މީދަލުގެ ޝިކާރައަކަށްވި ޑޮލަރުތައް

ޣައްޒާގެ ޚާންޔޫނުސްގައި ފައިސާ މާރުކުރާ މީހަކު ރައްކާކޮށްފައި ހުރި ނަގުދު ފައިސާގެ ތެރެއިން 50 ހާސް އެމެރިކާ ޑޮލަރު މީދާ ކާލައިފިއެވެ.

ފަލަސްޠީނުގައި ހިނގި މިއާދަޔާއި ޚިލާފު ހާދިސާގެ ޚަބަރު ފެތުރުމާއެކު މީސްމީޑިޔާގައި މީހުން ދަނީ ތަފާތު ހެއްވާ ކޮމެންޓުކުރަމުންނެވެ. "ދިރިއޮތް ހާލަތުގައި ވިޔަސް، މަރުވެފައި އޮތަސް މީދާ ހާޒިރުކުރޭ" އެކަކު ކޮމެންޓުކޮށްފައި އޮތެވެ. "އެއްވެސް ޒަމީރެއް، އަޚްލާގެއް ނެތީ މީސްތަކުންގެ މެދުގައި ދިރިއުޅެމުންދާ މީދަލެއް" އެހެން މީހެއްގެ ކޮމެންޓުގައި ވެއެވެ.

 

ފައިސާތަކުގެ ވެރިޔާ (ނަން ހާމަކުރަން ބޭނުންނުވޭ) ބުނި ގޮތުގައި އޭގެ ބޮޑުބައެއް ބޭނުން ނުކުރެވޭ ވަރަށް ކާލާފައި ވިޔަސް، އަނެއްބައި ހުރީ ބޭނުންކުރެވޭ ފެންވަރުގައެވެ. އޭނާ އެ ފައިސާ އިސްރާއީލުގެ ސެންޓްރަލް ބޭންކަށް ފޮނުވައިގެން ބަދަލުކުރެވޭތޯ ބަލާނެއެވެ.

ފައިސާ މާރުކުރާ މީހުން ބުނާ ގޮތުގައި އެއް ބައި ހަލާކުވެފައި އޮތް 100 ޑޮލަރަށް ބަދަލުގެ ގޮތުގައި ލިބޭނީ 28 ޑޮލަރެވެ. އެއީ ވެސް ސީރިއަލް ނަންބަރު ސަލާމަތުން ހުރިނަމައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.